އެމްބީއެސް އިންވެސްޓްމަންޓްސްގެ ޗެއަރމަން، މަރްވާން އަލްހާޖިރީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސްއާއި ޗެއަރމަން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިގްތިސާދު ސިންދަފާތުކުރުމަށް ކުރިއަށްގެންދަވާ މުހިންމު މަސައްކަތެއް ކަމުގައިވާ، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމްއައިއެފްސީ)ގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ގުޅިގެން ދެ ފަރާތަށް ފައިދާވާނެ މަޝްރޫޢުތައް ކުރިއަށް ގެންގޮސް، ކާމިޔާބު ކަމާއެކު ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެ ބޭފުޅުންވެސް ދެއްވަމުންނެވެ.

