ހުޅުމާލޭގެ އޮރެންޖް ހިޔާގައި ގާއިމުކުރި އައު ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ނިންމައި، މިއަދު އެމްއެންޑީއެފުން މިނިސްޓްރީ އޮފް ހެލްތާ ހަވާލުކޮށްފިއެވެ.
މިކަން އެމްއެންޑީއެފުން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައެވެ.
ތެލެސީމިއާ ސެންޓަރުގެ ހިދުމަތް ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބޭނެގޮތް ހަމަޖެއްސުމުގެ ގޮތުން، އެމްޓީސީސީން ވަނީ އެ ސެންޓަރު ކައިރީގައި ބަސް ހުއްޓިއެއް ގާއިމުކޮށްފައެވެ.
އޮރެންޖް ހިޔާގައި ތެލެސީމިއާ ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް ސިފައިންނާއި ހަވާލު ކުރީ ފުރަތަމަ އެ މަސައްކަތް ހަވާލުކުރި ކުންފުނިން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށް ނުގެންދިއުމުންނެވެ.

