ސަރުކާރުގެ ޞިއްޙީ ނިޒާމު ހަރުދަނާކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ސަރުކާރުގެ ޓަރޝަރީ ހޮސްޕިޓަލުތަކާއި ޓަރޝަރީ ފެންވަރަށް ތަރައްގީ ކުރަމުންދާ ސަރުކާރުގެ ހޮސްޕިޓަލުތައް އެއް ގަވަރނިންގ ބޯޑެއްގެ ދަށުން، ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލްއަކަށް ހިންގަމުންދާނެ އިންތިޒާމު ހަމަޖެއްސެވުމަށް، ރައީސް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)އާއި އިތުރު 5 ހޮސްޕިޓަލެއްގެ ގަވަރނިންގ ބޯޑުތައް އުވައިލައްވައި، މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމްޓީއެޗްޖީ) އުފައްދަވައިފިއެވެ.
މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމްޓީއެޗްޖީ)ގެ ގަވަރނިންގ ބޯޑަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން، އެމަނިކުފާނަށް ޖަވާބުދާރީވާ، އަދި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއާ ގުޅިފައިވާ ގޮތަށް ހިނގަމުންދާނެ ބޯޑެކެވެ.
މި ބަދަލާއެކު، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑުތައް ވަނީ އުވައިލައްވާފައެވެ.
ރައީސް މުއިއްޒުގެ އިރުޝާދުފުޅުގެ ދަށުން، މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމް.ޓީ.އެޗް.ޖީ)ގެ ގަވަރނިންގ ބޯޑާއި، މި ބޯޑުން ބަލަހައްޓަވަމުން ގެންދާ ތަންތަނުގެ ކަންކަން ވިލަރެސްކުރައްވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްއެވެ.
”މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ގަވަރނިންގ ބޯޑު“ އެކުލެވިގެންވާ ގޮތާއި، މި ބޯޑުން ބަލަހައްޓަވަމުން ގެންދާ ތަންތަން ތިރީގައި އެވަނީއެވެ.
”މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ގަވަރނިންގ ބޯޑު“ އެކުލެވިގެންވާ ގޮތް:
| ނަން / އެޑްރެސް | މަގާމު / ދާއިރާ | |
| 1 | ޑޮކްޓަރ ޢަބްދުލްޢަޒީޒު ޔޫސުފް (ވ.އަކީލާ) |
ޗެއަރޕަރސަން (ގިނަ ދުވަހު ޞިއްޙީ ދާއިރާގައި މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރެއް) |
| 2 | ޙުސައިން ޙަލީމް (ކުންނާރުގެ، ގދ.ތިނަދޫ) |
ވައިސް ޗެއަރޕަރސަން (އައިޓީ ދާއިރާގެ ތަޖުރިބާކާރެއް) |
| 3 | އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް (މ.ރަނިކަ)
|
(ދަރުމަވަންތަ ހޮސްޕިޓަލްގެ ސީ.އީ.އޯ) |
| 4 | ޑޮކްޓަރ އިބްރާހީމް ޔާސިރު އަޙްމަދު (މއ.ވެނީލާގެ) | (ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީ.އީ.އޯ އަދި ޞިއްޙީ ދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރެއް) |
| 5 | އަލްފާޟިލް ނަޔާޒު އަޙްމަދު (ނޯތުވޭ، ޅ.ހިންނަވަރު) |
(ޕްރައިމަރީ ހެލްތްކެއަރގެ ތަޖުރިބާކާރެއް) |
| 6 | ޑޮކްޓަރ މަރްޔަމް ޖެނިފާ (އޭޑީރީޑް، ސ.ފޭދޫ) |
(ޕަބްލިކް ހެލްތު ދާއިރާގެ ތަޖުރިބާކާރެއް) |
| 7 | އަލްފާޟިލާ ފާޠިމަތު ޢާފިޔާ ވަޙީދު (ދަފްތަރު. ނަންބަރު ރސ 13524) |
(ނަރސިންގ ދާއިރާގެ ތަޖުރިބާކާރެއް) |
| 8 | އަލްފާޟިލް މޫސާ ކަލީމް ޤާސިމް (ރިހާބު، އދ.މަހިބަދޫ) |
(ހުޅުމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް) |
| 9 | އަލްފާޟިލް މުޙައްމަދު މަބްރޫކް (ހިކިފިނިފެންމާގެ، އއ.ތޮއްޑޫ) | (ވިލިމާލެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީ.އީ.އޯ) |
| 10 | އަލްފާޟިލް ޢާލިމް ޝަކީލް (ސިޔާމާމަންޒިލް، އއ.ފެރިދޫ) |
(ވިލިމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް) |
| 11 | އަލްއުސްތާޛާ ތަސްލީމާ (ގ.ދޮންބަގީޗާގެ) | (މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ރެޕްރެޒެންޓޭޓިވް) |
| 12
|
އަލްފާޟިލް އާދަމް ބަދުރުﷲ (ކަރަންކާވިލާ، ށ.މާއުނގޫދޫ) | (މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ ރެޕްރެޒެންޓޭޓިވް) |
| 13 | އަލްފާޟިލާ ނާޡިމާ ޢަލީ (މޫންފްލެޓް، ހދ.ކުޅުދުއްފުށި) | (ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ސީ.އީ.އޯ) |
| 14 | ޑޮކްޓަރ އަޙްމަދު ޢަދީލް ނަޞީރު (ސްޓާރްސް، ސ.ހިތަދޫ) | (އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީ.އީ.އޯ) |
| 15 | އަލްފާޟިލް ޙުސައިން ޢާޞިފް (ވައިލެޓްވިލާ، ރ.އުނގޫފާރު) | (އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީ.އީ.އޯ) |
| 16 | އަލްފާޟިލް އަޙްމަދު އަޝްރަފް (ސޯސަންގެ، ގދ.ތިނަދޫ) | (ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސީ.އީ.އޯ) |
| 17 | އަލްފާޟިލް ޢަބްދުލްޙަންނާން ޢަބްދުއްރަޙީމް
(މުކުރިމަގު. ވައިނުޖެހޭގެ، ލ.ގަން) |
(ގަން ރީޖަނަލް ހޮސްޕިޓަލްގެ ސީ.އީ.އޯ) |
| 18 | އަލްފާޟިލް ފަތުޙުﷲ ނަސީމް (އެވިސީނާ، ސ.މީދޫ) | (ފުވައްމުލަކު ހޮސްޕިޓަލު ހިންގެވުމާ ހަވާލުވެހުންނެވި އިސްވެރިޔާ) |
މި ބޯޑުން ބަލަހައްޓަވަމުން ގެންދާ ތަންތަން:
1. ދަރުމަވަންތަ ހޮސްޕިޓަލް
2. އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް
3. ހުޅުމާލެ ހޮސްޕިޓަލް
4. ވިލިމާލެ ހޮސްޕިޓަލް
5. މޯލްޑިވިއަން ބްލަޑް ސަރވިސަސް
6. މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ދަށުން ހިނގަމުންދާ ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ
7. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
8. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް
9. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
10. ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް
11. ގަން ރީޖަނަލް ހޮސްޕިޓަލް
12. ފުވައްމުލަކު ހޮސްޕިޓަލު

