ރ. އުނގޫފާރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 68 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.
71.08 މިލިއަން ރުފިޔާގެ މި މަޝްރޫއު ހިންގާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އުނގޫފާރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ދަނީ ފަސޭހަކަމާއެކު ކުރިއަށް ކަމަށެވެ.
އެ މަސައްކަތުގެ ތެރެއިން ރިވެޓްމަންޓް ޕްރޮފައިލިންގެ މަސައްކަތް 26 ޕަސެންޓު ކުރިއެރުމާއެކު މިހާރު ވެސް އެ ތަނުގައި މަސައްކަތް ހަލުވި ކަމާއެކު ކުރިޔަށްގެންދާ ކަމަށް ވެސް ބުންޏެވެ.
އުނގޫފާރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، 10 ހެކްޓަރުގެ ބިން ހިއްކުމާއި 838.60 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 75 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
އުނގޫފާރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ 2022 އޮގަސްޓް 23 ގައެވެ.

