މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނަގާނެ ކަމަށާއި މަސްތުވާތަކެތީގެ މައްސަލައަށް ބޮޑު ހައްލެއް ގެނެވޭނެ ކަަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

”އަހާ“ ފޯރަމްގައި އާއްމުންގެ މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، މަަސްތުވާތަކެއްޗާއި ދެކޮޅަށް މިދިޔަ 18 މަސް ދުވަހު ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، މިހާތަނަށް 700 ކިލޯ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށެވެ.

އަދި ސަރުކާރުގެ ސިޔާސަތަކީ މަސްތުވާތަކެތި ފަހާ ދުވުގެ ބަދަލުގައި އެ ވިޔަފާރީގެ ބޮޑުން ހިފާ ހައްޔަރުކުރުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާފައިވާ މުދާ ދައުލަތަށް ނަގަން ފެށުމުން އެ ވިޔަފާރި ހުއްޓުމަކަށް އަންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެކި ވިޔަފާރިތަކުގެ ފަހަތުގައި ފިލާ ތިބެގެން މަސްތުވާތަކެތި ވިޔަފާރި ކުރާ މީހުންނަށް ދެން އެ ފުރުސަތު ނޯންނާނެ ކަަމަށެވެ.