މުވާސަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން ދިވެހިން ހިފަންވީ ގައުމަށް އާމްދަނީ ލިބޭނެ މަގުތައް ފަހިކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ މުވާސަލަތާއި މައުލޫމާތުގެ ދާއިރާގެ ދުވަހުގެ މުނާސަބަތުގައި އެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، މުވާސަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން ދިވެހިން ހިފަންވީ ދިވެހިރާއްޖެ އިޝްތިހާރުކޮށް، މަގުބޫލުކަން އިތުރު ކުރުމަށާއި ގައުމަށް އާމްދަނީ ހޯދޭނެ މަގުތައް ފަހި ކުރުމަށް ކަމަށެވެ.
ރައީސްގެ ވަނީ މުވާސަލާތާއި މައުލޫމާތު ފެތުރުމުގެ ދާއިރާގެ އެކި މަސައްކަތްތައް ރާއްޖޭގައި ކުރައްވަވާ ހުރިހާ ހިދުމަތްތެރީންނަށް، ތަހުނިޔާ ދަންނަވައިފައެވެ.
އަދި ގައުމުގެ ތަރައްގީއާއި މުސްތަގުބަލަށް މުހިންމު މި ހިދުމަތުގައި އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދވިވަޑައިގަންވާ ކަމުގައި ރައީސް ވިދާޅުވެފައިވެއެވެ.
މުވާޞަލަތާއި މަޢުލޫމާތުގެ ދާއިރާގެ ދުވަހަކީ މުޖުތަމައުގައި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ގެ މުހިންމުކަމާއި ޑިޖިޓަލް ޑިވައިޑްއަށް ހޭލުންތެރިކުރުމަސް ފާހަގަކުރާ ދުވަހެކެވެ.

