ފުރަތަމަ ޞަފްޙާ ޚަބަރު ރިޕޯޓް ދުނިޔެ ވިޔަފާރި ދީން ލައިފްސްޓައިލް
ޚަބަރު
ރިޕޯޓް
ދުނިޔެ
ވިޔަފާރި
ދީން
ލައިފްސްޓައިލް
މުލީ އެއާޕޯޓަކީ ގިނަ ދާއިރާތަކުން ކުރިއެރުން ހޯދޭނެ ދޮރެއް: ރައީސް
މ.މުލީގެ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ/ ‏ރައީސް އޮފީސް.
އަސުރު އޮންލައިން
20 މެއި 2025

މިއަދު ހުޅުއްވައިދެއްވި މ. މުލީ އެއާޕޯޓަކީ ގިނަ ދާއިރާތަކަކުން ކުރިއެރުން ހޯދައިދޭނެ ދޮރޯއްޓެއްގެ ގޮތުގައި ވެގެންދާނޭ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުލީ އެއާރޕޯޓް ހުޅުވުމާއެކު މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓުގެ ތެރޭގައި އެއަރޕޯޓެއް އޮންނަ ރަށަކަށް ދެވޭ ގޮތް ހައްދަވައިދެއްވުމަށް ސަރުކާރުންވެފައިވާ ވައުދު، މުލަކު އަތޮޅުގައި މި ވަނީ ފުއްދަވައިދެއްވާފައެވެ.

ރައީސް މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވީ މިކަމަށްޓަކައި ޚާއްޞަކޮށްގެން އެ އެއާޕޯޓްގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައެވެ.

މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސް ދެއްކެވި ވާހަކަފުޅުގައި، މުލީގެ ތަރައްގީއަށް، އެތައް ދާއިރާއަކުން ކުރިއެރުން ހޯދޭނެ ދޮރޯއްޓަކަށް މުލީ އެއާޕޯޓްވާނެ ކަމުގައި ފާހަގަކުރެއްވިއެވެ.

ވަކިން ހާއްސަކޮށް، އިގްތިސާދީ ކުރިއެރުން ހޯދައިދެނިވި ދޮރޯއްޓެއް ކަމުގައި މުލީ އެއާޕޯޓްވާނެ ކަމުގައި އެ މަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.

މާތް ﷲގެ ވާގިފުޅާއެކު މިއަދަކީ މުލީގެ ތަރައްގީއަށް ކުރަން ހުރި ގިނަ ކަންތައްތަކެއްގެ ފެށުން ކަމުގައި ވިދާޅުވެ ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވަނީ، ރަށުގެ މަގު ހެދުމުގެ މަސައްކަތް 2026 ވަނަ އަހަރު ފައްޓަވައިދެއްވާނެކަމުގެ ޔަގީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

ހަމަ މިއާއެކު ރީޖަނަލް ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަޝްރޫއު މިހާރު އޮތީ އަމަލީ ގޮތުން މަސައްކަތް ފަށަން ތައްޔާރުވެފައިކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް އަންނަ އަހަރު ތެރޭގައި ފައްޓަވައިދެއްވާނެ ކަމުގެ ޔަގީންކަން، ރައީސް ވަނީ ދެއްވާފައެވެ.

ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގޮތުން ގުޅިފައިވާ ބޯހިޔާވަހިކަމުގެ ދާއިރާއަށް އަލިއަޅުވާލައްވަމުން ރައީސް ވަނީ، މުލީގައި 300 ހައުސިންގް ޔުނިޓް އެޅުމުގެ މަޝްރޫއުގެ ކަންކަން ކުރިއަށް ގޮސް، ޓެންޑަރިން މަރުހަލާގެ ތެރެއިން އެކަންކަން ހަމަޖެހިގެންދާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

މުލީގައި 300 ހައުސިންގް ޔުނިޓް އެޅުމުގެ މަޝްރޫއުއަކީ ރައްޔިތުންގެ އުންމީދުތަކުގައި، ވަކިން ހާއްސަކޮށް ޒުވާނުންނާއި، ގެދޮރުވެރިކަން ނެތް ފަރާތްތަކުން ކުރަމުންދާ އުންމީދުތަކުގައި އެތައް ކުލައެއް ޖެހިގެންދާނެ ކަމެއްކަން ފާހަގަކުރައްވާ، ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވަނީ މުއްޔަށް ބަދަލުވާން ބޭނުންވެފައި ތިބި ފަރާތްތަކަށް މަރުހަބާ ވިދާޅުވެފައެވެ.

މި މޭރުމުން ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސް ވަނީ، އެއާޕޯޓްތައް ތަރައްގީ ކުރެވި، ބިންހިއްކައި، އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރިއަށްގެންދެވޭ ރަށްރަށަކީ ސަރަޙައްދީ ގޮތުން ތަރައްގީ ކުރެވޭ ރަށްތަކެއްގެ ގޮތުގައި ބަލައި، އެހެން ރަށްރަށުގެ ރައްޔިތުންވެސް އެކަމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާފައެވެ.

ދެމެހެއްޓެނިވި ތަރައްގީ ހާސިލުވާން އޮތީ އެފަދައިން ކަމަށާ، ރަށްރަށަށް ހިޖުރަކޮށް އާބާދީ އެއްފަސްކުރުމަކީ އެއްބަޔަކު އަނެއްބަޔަކާ ގުޅިލާމެހިގެން ނޫނީ ނުވާނެ ކަމެއްކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކޯޒްވޭއަކުން މުލަކާއި އެ އަތޮޅު ނާލާފުށި ގުޅާލުމުގެ މަސައްކަތުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.

މިދަތުރުފުޅުގެ ތެރެއިން ކޯޒްވޭ އެޅުމުގެ އަމަލީ މަސައްކަތްތައް ފެށިގެންދާއިރު، 2026 ވަނަ އަހަރުގެ ބަޖެޓްގެ ތެރެއިން ނާލާފުށީ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކޮށް ބޮޑުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންގޮސްދެއްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި މި ހިނގާ 2 އަހަރަކީ، ތަރައްގީގެ އަމަލީ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށް ގެންދަވާ، ރައްޔިތުންނަށް ނަތީޖާ ނެރެދެއްވާނެ ދުވަސްތަކެއްކަން ރައީސް ޔަގީންކޮށްދެއްވިއެވެ.

ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސަވައިދެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފަލެއް ކަމަށާ، އެމަނިކުފާނަކީ ރައްޔިތުންގެ ހާދިމެއް ކަމުގައި ވިދާޅުވެ، ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، މިއަދު ހުޅުވިގެންދިޔަ މުލީ އެއާޕޯޓްގެ ނަތީޖާ، މާތް ﷲގެ އިރާދާފުޅާއެކު ރަނގަޅުވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

ރައްޔިތުން އެދޭ ކަންކަން، އެގޮތަށް ކޮއްދެއްވުން ނޫން ވިސްނުންފުޅެއް އަދި ޒިންމާއެއްވެސް އެމަނިކުފާނަށް ނެތް ކަމުގެ ޔަގީންކަން، ރައީސް ވަނީ ދެއްވާފައެވެ.

މުލީ ބިން ހިއްކުމުގެ މަޝްރޫއުގައި ސޮއިކުރެވުނީ އަދުގެ ރައީސުލްޖުމްހޫރިއްޔާ، އޭރުގެ ސަރުކާރުގައި ވަޒީރެއްގެ ގޮތުގައި ހުންނަވައިގެން 2014 ވަނަ އަހަރުއެވެ.

Comment
Click here to cancel reply.
Ads by HDC
ފަހުގެ ލިޔުންތައް
ބަނގުރަލުގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި
24 ޖުލައި 2026
އިގްތިސާދީ ދަތިކަމާއެކު ވެސް، ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ހެޔޮވެރިކަމެއްގެ އަލިގަދަ ހެއްކެއް
24 ޖުލައި 2026
ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީ ކުރި ސަރަހައްދު އާއްމުންނަށް ހުޅުވާލައިފި
24 ޖުލައި 2026
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިން ހޯދަނީ
24 ޖުލައި 2026
ޒުވާނުން ބާރުވެރި ކުރުވުމުގެ މަސައްކަތުގައި، ރަނގަޅު ނަތީޖާތަކެއް ފެންނާނެ: ރައީސް
24 ޖުލައި 2026
Copyright 2025 - Asuru Online | All Rights Reserved
Code of Conduct

Editorial Policy