ދިފާއީ ގުޅުން ވަރުގަދަކުރަން ރާއްޖެއާއި މެލޭޝިއާ މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދެވީ، މެލޭޝިއާގައި މިހާރު ކުރިއަށްދާ ލަންގްކާވީ އިންޓަނޭޝަނަލް މެރިޓައިމް އެންޑް އޭރޯސްޕޭސް އެގްޒިބިޝަންގެ ހަވާސާގައި މެލޭޝިއާގެ ޑިފެންސް މިނިސްޓަރު މުހައްމަދު ހާލިދު ބިން ނޯޑިންއާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ބައްދަލުކުރެއްވުމަށްފަހުއެވެ.

ޑިފެންސް މިނިސްޓްރީން ބުނިގޮތުގައި، މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ސަލާމަތީ ކަންކަމާއި ގުޅޭގޮތުންނާއި ދިފާއީ ގޮތުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ކަމަށް ރާއްޖޭގެ މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު އެއް މެރިޓައިމް އެންޑް އޭރޯސްޕޭސް އެކްޒިބިޝަންގައި މިއަހަރު 24 ގައުމަކުން 860 މަންދޫބުން ބައިވެރިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި، ރާއްޖޭގެ ދިފާއީ ދާއިރާ ތަރައްގީ ކުރެއްވުމަށް ވަރަށް ބޮޑަށް ދަނީ މަސައްކަތް ކުރައްވަމުންނެވެ.