އަައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް ބ. އަތޮޅުގައި ވެސް ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިިން ބުނީ އެ އަތޮޅު ދަރަވަންދޫ އާއި އޭދަފުށީ ކައުންސިލުން އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް ދޭނެ ކަމަށެވެ.

މި އަހަރު ނިމޭއިރު، މި ހިދުމަތް ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ.

އަދި ދިވެހިން އެންމެ ގިނައިން ދިރިއުޅޭ ގައުމުތައް ކަމަށްވާ ސްރީ ލަންކާ އާއި އިންޑިއާ އާއި މެލޭޝިއާގެ އިތުރުން އިނގިރޭސިވިލާތުގައި ވެސް އެ ހިދުމަތް ދޭން ނިންމާފައިވެއެވެ.

ރާއްޖެ އިން ބޭރުގައި އައިޑީކާޑުގެ ހިދުމަތްތައް ދޭން ފެށި ފުރަތަމަ ގައުމަކީ މެލޭޝިއާއެވެ.

އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް އަތޮޅުތެރޭގެ ރައްޔިތުންނާ ގާތުން ދިނުމުގެ ގޮތުން އެންމެ ފުރަތަމަ އެ ހިދުމަތް މިދިޔަ އަހަރު ތައާރަފުކުރީ ގއ. ވިލިނގިލީގައެވެ.