ގްރީސްއަށް 6.1 މެޑްނިޓިއުޑްގެ ބިންހެލުމެއް އައުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރެފިއެވެ.

ގްރީސްގެ ރަށެއް ކަމަށްވާ ކްރީޓްގެ އައްސޭރިއަށް މި ބިންހެލުން އައިސްފައިވަނީ 69 ކިލޯމީޓަރު އަޑިންނެވެ.

އިޒްރޭލު، މިސްރު އަދި ސައިޕްރަސްގެ ހިސާބުތަކަށް ވެސް މި ބިންހެލުމުގެ އިހުސާސް ކުރެވުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބިންހެލުމާ ގުޅިގެން އެއްވެސް މީހަކަށް ނުވަތަ ތަނަކަށް ގެއްލުންވިކަމުގެ ރިޕޯޓެއް ނެތެވެ.

މިދިޔަ ހަފްތާގައި ވެސް ގްރީސްގެ ދެކުނު އައްސޭރިއަށް ގިނަ ބިންހެލުންތަކެއް އައިސް، ސުނާމީގެ އިންޒާރެއް ވެސް ނެރުނެވެ.

އެގޮތުން މި މަހުގެ 13 ވަނަ ދުވަހު ކަސޯސް އައިލެންޑު ކައިރިއަށް 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާއިރު، އެ ބިންހެލުމާއެކު ވެސް ސުނާމީގެ އިންޒާރު ނެރުނެވެ.

ގްރީސްއަކީ ގިނައިން ބިންހެލުންތައް އަންނަ ގައުމެކެވެ.