މި އަހަރުގެ ބޮޑު އީދު ދުވަހާ ގުޅިގެން އިތުރު ދުވަހެއް ބަންދު ނުކުރާ ގޮތަށް ނިންމައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އަހަރުގެ ހައްޖު ދުވަސް ދިމާވަނީ ޖޫން މަހުގެ ފަސްވަނަ ދުވަހަށް ކަމަށް ސައުދީ އަރަބިއްޔާ އިން ކަނޑައަޅާފައިވާތީ، ހައްޖު ދުވަހާއި އަޟްޙާ އީދާ ގުޅިގެން ބަންދުވާނީ މިހާރުވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތައް ކަމަށެވެ.

ކަލަންޑަރުގައިވާ ގޮތުން އީދަށް ބަންދު ވަނީ ޖޫން މަހުގެ ނުވައެއްގެ ނިޔަލަށެވެ.

އެހެންކަމުން އެ ހަފުތާގެ އަންގާރައިގައި ސަރުކާރުގެ އޮފީސްތައް ހުޅުވާނެއެވެ.

ނަމަވެސް މީގެ ކުރިން އާންމުކޮށް، އީދު އަންނަ ހަފްތާ އެއްކޮށް ބަންދު ކުރެއެވެ.