ތ. ކަނޑޫދޫ ސްކޫލްގެ ދިވެހި ދަރިވަރަކަށް އަނިޔާ ކުރި ބިދޭސީ ޓީޗަރު ހައްޔަރުކޮށްފިއެވެ.

އުމުރުން 11 އަހަރުގެ ދަރިވަރަށް އަނިޔާ ކުރި ފިރިހެން ބިދޭސީ ޓީޗަރު ވަނީ، އެ ކުއްޖާގެ އިނގިލި ބިންދައިލައިފައެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ އިންޑިއާގެ ޓީޗަރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އިއްޔެ ކަމަށެވެ.

އެ ދަރިވަރުގެ އިނގިލި އަނބުރައި ބިންދައިލުމާ ގުޅިގެން ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ވެސް ދީފައިވެއެވެ.

މި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އެ ޓީޗަރަށް އަމާޒުވިއެވެ.