ހުޅުމާލޭގައި ވެސް މިރޭ ވެސް ހަވާ އަރުވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ހުޅުމާލެ ފޭސް އެކެއްގެ ރިވެލި ބީޗްގައި ހަވާ އަރުވާނީ 8:00 ގައި ކަމަށެވެ.

މިރޭ ހަވާ އަރުވަނީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ކަމަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ބުންޏެވެ. ހަވާ އެރުވުން ތިން މިނިޓަށް ދެމިގެން ދާނެއެވެ.

މިއީ ހުޅުމާލޭގައި މި ހަފުތާގެ ތެރޭގައި ހަވާ އަރުވާ ތިން ވަނަ ފަހަރެވެ.