ޕޯސްޓް އޮފީހުުގެ ނަމުގައި ސްކޭމް މެސެޖްތަކެއް ދައުރު ކުރަމުންދާތީ އެކަމަށް ސަމާލުވާން އެ އޮފީހުން އިލްތިމާސްކޮށްފިއެވެ.

ޕޯސްޓް އޮފީހުން ބުނީ ޕޯސްޓް އޮފީހުގެ ނަމުގައި ފޮނުވާ މެސެޖްތައް ނުހުޅުވަން އެދޭ ކަމަށެވެ. އަދި ޒާތީ އެއްވެސް މައުލޫމާތެއް ވެސް ހިއްސާ ނުކުރަން އެދޭ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.

ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމް މެސެޖްތަކެއް ދައުރު ކުރަން ފަށާފައިވާއިރު، ޓީމޫ އަށް އޯޑަރުކުރާ މުދާ ޕޯސްޓް މެދުވެރިކޮށް ލިބުން ވަނީ ލަސްވެފައެވެ.

ރާއްޖޭގައި އެކި އިދާރާތަކުގެ ނަމުގަޔާއި، ވިޔަފާރިތަކުގެ ނަމުގައި ސައްހަ ނޫން މެސެޖުތައް ފޮނުވައިގެން، ފައިސާ ފޭރުމުގެ މައްސަލަތައް މިފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.