ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންގެ މަގާމަށް އަހްމަދު ޝަހީރު އައްޔަންކޮށްފިއެވެ.

އެކަން ޕްރައިވަޓައިޒޭޝަބް ބޯޑް (ޕީސީބީ) އިން މިއަދު ހިއްސާކޮށްފައިއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައި އޭނާ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަނަކަށް އައްޔަނުކޮށްފައިވެއެވެ. ނަމަވެސް އެ އަހަރުގެ އޯގަސްޓް މަހު މަގާމުން ވަކިކޮށްފައިވެއެވެ.

ޝަހީރަކީ ކުރިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާކުރެއްވި ބޭފުޅެކެވެ.