ޕޯސްޓް އޮފީހަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާނު ކޮށްފިއެވެ.

އެ އޮފީހުން ހޯދަނީ 15 އެސިސްޓެންޓް އޮޕަރޭޝަންސް އޮފިސަރުންނާއި 20 މޭލް ކްލިއަރަންސް އޮފިސަރުންގެ އިތުރުން 14އެސިސްޓެންޓް ސޭލްސް އޮފިސަރުންނެވެ.

މިއީ މާލެ ސަރަހައްދަށް ހޯދާ މުވައްޒަފުންނެވެ.

މުވައްޒަފުން ހޯދާ މަގާމުތަކުގެ ތެރެއިން މޭލް ކްލިއަރަންސް އޮފިސަރުންގެ މުސާރައަކީ މަހަކު 6،000ރ. އެވެ. މީގެ އިތުރުން ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 3،000ރ. ރުފިޔާ އާއި ޑެއިލީ އެލަވަންސަށް 120ރ. ލިބޭނެއެވެ. އަދި އިތުރު ގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ވެސް ލިބޭނެ އެވެ.

އެސިސްޓެންޓް އޮޕަރޭޝަންސް އޮފިސަރުންނާއި އެސިސްޓެންޓް ސޭލްސް އޮފިސަރުންގެ މުސާރައަކީ މަހަކު 5،700ރ. އެވެ.

ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 2،600ރ. އަދި ޑެއިލީ އެލަވަންސަށް 120ރ. ލިބޭނެއެވެ.

އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ވެސް ލިބޭނެ އެވެ.

މި ވަޒީފާތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 16 އާ ހަމައަށެވެ.