”އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް“ގެ ނަމުގައި ރައީސް ކުންފުންޏެއް އުފައްދަވައިފިއެވެ.

ރައީސް އޮފީހުން ބުނީ މި ކުންފުންޏަކީ ގާނޫނު ނަންބަރު ކުންފުނީގެ ގާނޫނު ގެ 15 ވަނަ މާއްދާގެ ދަށުން، އުފައްދަވާފައިވާ ސަރުކާރު ކުންފުންޏެއް ކަމަށެވެ.

ކުންފުނި އުފެއްދެވި ގަރާރު މިހާރުވަނީ ސަރުކާރު ގެޒެޓްގައި ޝާއިއުކޮށްފައެވެ.

ރައީސް އޮފީހުން ބުނީ، ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ، ދިވެހި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދިވެހިރާއްޖޭގައި ބޮޑަށް އާބާދުވެފައިވާ އާރބަން ސަރަހައްދުތަކާއި، މަދުން އާބާދުވެފައިވާ ރޫރަލް ސަރަހައްދުތަކުގެ ޢުމްރާނީ ތަރައްގީ ފުޅާކުރުމުގެ މަގުސަދު ހާސިލުކުރުމަށްޓަކައި، ދުނިޔެއަށް އަލަށް އީޖާދުވާ ޓެކްނޮލޮޖީއާއި ޒަމާނީ އީޖާދީ ވަސީލަތްތައް ބޭނުންކޮށްގެން، ގައު އެޅުމާއި ކާސްޓިންގގެ މަސައްކަތްތަކާއި އެއާ ގުޅުންހުރި ކަންކަން ކުރުމަށާއި، އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒުކުރުން ކަމަށެވެ.

މި ކުންފުންޏަކީ ވެސް އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ހައްގު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ، ގާނޫނީ ގޮތުން އަމިއްލަ ޝަހުސެއް ގޮތަށް އުފައްދަވާފައިވާ ކުންފުންޏެއްކަމަށް ރައީސް އޮފީހުން ބުނެއެވެ.