މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު، ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރައްވައިފިއެވެ.

Ads by Asuru

މި ދާއިރާގެ ރައްޔިތުންގެ ގޭގެއަށް މޭޔަރު ޒިޔާރާތް ކުރެއްވީ، ދާއިރާގެ ކައުންސިލު މެމްބަރު އިބްރާހީމް މުހައްމަދާ އެކުގައެވެ.

ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ ހަމައެކަނި ކެމްޕޭނަށް ކުރައްވާ ކަމަކަށް ނުހައްދަވައި، މޭޔަރުގެ މަގާމަށް ހޮވިވަޑައިގަތުމަށްފަހު ވެސް އެކަން ކުރިއަށް ގެންދެވުމަކީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ތެރޭ ރައްޔިތުންނަށް ވެވަޑައިގެންނެވި އެއް ވަޢުދެވެ.

މާލޭ ރައްޔިތުންގެ ތަނަވަސް އަޣްލަބިއްޔަތަކުން އެމަނިކުފާނު މާލޭގެ މޭޔަރުކަމަށް ހޮއްވެވުމާއެކު އެމަނިކުފާނު ވަނީ މި ވަޢުދު ފުއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ.

ކޮވިޑް-19ގެ ސަބަބުން ދިމާވެފައި ހުރި ހުރަސްތަކާއެކު ގޭގެއަށް ޒިޔާރަތް ކުރެއްވުން ފެއްޓެވުން ފަސްވި ނަމަވެސް ޙާލަތު ބަދަލުވުމާއެކު ރައްޔިތުން ގާތަށް ޒިޔާރަތް ކުރެއްވުމަށް މޭޔަރު ފެއްޓެވީ 2021 ވަނަ އަހަރުގެ ނޮވެމްބަރު ފުރަތަމަ ދުވަހުއެވެ. އެގޮތުން ޚާއްޞަ ތާވަލެއް ހައްދަވައި އެކި ދާއިރާތަކުގެ ކައުންސިލަރުންނާއެކު ގޭގެއަށް ޒިޔާރަތް ކުރައްވައި ރައްޔިތުންގެ ޙާލަތު ބައްލަވަން ފެއްޓެވިއެވެ.