ބޭނުންވާ ތަކެތި:

7 ނޫނީ 8 އޮށް ކަދުރު

2 މޭޒުމަތީ ސަމުސާ ހަކުރު

½ 1 ޖޯޑު ކިރު

ބޭނުންވާ މިންވަރަކަށް އައިސް ކިއުބް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ކަދުރުތައް ރަނގަޅަށް ދޮވެލުމަށްފަހު އޭގެން އޮށްތައް ނަގާށެވެ. އެއަށްފަހު، މިކްސަރު ނުވަތަ ބްލެންޑަރު ތަށިތެރެއަށް ކަދުރުކޮޅު އަޅާލާށެވެ.

ދެން، ކިރު ޖޯޑުން ހަތަރު ބައިކުޅަ އެއްބައި ކިރާއި ހަކުރުކޮޅު މިކްސަރު ތަށިތެރެއަށް އަޅާލާށެވެ. އަދި، ރަނގަޅަށް ގިރާލާށެވެ.

އެއަށްފަހު، ބާކީ ހުރި ކިރު ފޮދާއި އައިސް ކިއުބުކޮޅު އެޅުމަށްފަހު، ހަތަރު މިނެޓު ވަންދެން އަނެއްކާވެސް މިކްސަރުން ގިރާލާށެވެ.