ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ދިވެހި ހައްޖާޖީންގެ ހާލު ބެއްލެވުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި މިވަގުތު މައްކާގައި ތިއްބެވި ވަޒީރުންގެ ޓީމުން މިނާ ޓެންޓަށް ޒިޔާރަތްކުރައްވައިފިއެވެ.
މި ވަފުދު މިނާ ޓެންޓަށް ޒިޔާރަތް ކުރައްވާފައިވަނީ ރޭގައެވެ.
މި ވަފުދުގައި ފޭލިގެއަށް ވަޑައިގަންނަވާފައިވަނީ އިސްލާމިކް މިނިސްޓަރުގެ އިތުރުން ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލްއާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިހު މުހައްމަދު ލަތީފުއެވެ.
މި ޒިޔާރަތުގައި ވަޒީރުން ވަނީ ހައްޖުވެރިންނާއި ހައްޖު ކޯޕަރޭޝަން އަދި މުތައްވިފްގެ ބޭފުޅުންނާއި ބައްދަލު ކުރައްވާފައެވެ.
މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް ދިޔަ 1000 ހައްޖުވެރިން، އަރަފާތާއި މުޛްދަލިފާގެ ރުކުން ފުރިހަމަ ކުރުމަށްފަހު ބޮޑު ޖަމްރާއަށް ހިލައުކާ އިޙްރާމް ކަނޑާފައިވާކަން ފާހަގަކޮށްލެވެއެވެ.
އަދި މިވަގުތު ހުރިހާ ޙައްޖުވެރިންވެސް ތިބީ މިނާ ފޭލިގެތަކުގައެވެ.

