ވަގަށް އެތެރެކުރި ސިނގިރޭޓުތަކާއެކު ހައްޔަރުކުރި ބަންގްލަދޭޝް މީހާ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

އޭނާގެ ބަންދަށް 15 ދުވަސް ޖެހީ އިއްޔެއެވެ.

އަބްދުލްކަރީމް 45 އަހަރު، ކޯޓުގައި ބުނެފައިވަނީ އެ ސިނގިރޭޓުތަކަކީ އޭނާގެ ރައްޓެއްސަކު ދިން އެއްޗެއް ކަމަށެވެ.

ވިލިމާލެ ފުލުހުން ހިންގި އޮޕަރޭޝަނުގައި، ތިލަފުށި ބޯޓްޔާޑުގައި އޮތް ދޯންޏެއް ބަލައި ފާސްކުރިއިރު ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ، މެންޗެސްޓަރ ބްރޭންޑުގެ 32 ކާޓަން ސިނގިރެޓް ފެނިފައިވެއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު އަތުލައިގަތް ސިނގިރެޓްގެ މައްސަލައިގައި އަބްދުލްކަރީމްގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަހެވެ.