މާލެއިން ދެކުނުގެ ހަތަރު އަތޮޅަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައި ވަނީ ގއ، ގދ، ޏ އަދި އައްޑު އަތޮޅަށެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި، މިއަދުގެ ހެނދުނު 6:30 އިން ފެށިގެން މެންދުރު 12:30 އާ ހަމައަށް އެ ސަރަޙައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެއެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ވެސް ލަފާކޮށްފައި ވެއެވެ.