މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނިގޮތުގައި މައްޗަންގޮޅީގައި ހުރި ގެއެއްގައި ހާލު ދެރަވެފައި އޮތް މީހަކު މިއަދު ހެނދުނު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި އެ މީހާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.
މަރުވެފައި އޮއްވައި ފެނިފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

