ވިނަރެސްގެ ހަތަރު ކޮމާޝަލް ޔުނިޓެއް ކުއްޔަށް ދޭން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

އެ ކޯޕަރޭޝަނުން ދޫކުރަނީ، 755.95 ފޫޓުގެ ޔުނިޓަކާއި 652.21 ފޫޓުގެ ޔުނިޓަކާއި 1030.64 ފޫޓުގެ ޔުނިޓެއްގެ އިތުރުން 2442.33 ފޫޓުގެ ޔުނިޓެކެވެ.

ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ޔުނިޓުތަކަކީ؛

 

Vinares01-1-05

Vinares04-1-06

Vinares06-G-01

Vinares08-1-08

މިއީ ޖިމާއި، ކާބޯތަކެތި ވިއްކުމުގެ އިތުރަށް ސްޕާ ހިންގުމަށް ދޫނުކުރާނެ ތަންތަނެވެ.

5 އަހަރަށް ދޫކުރާ މޮ ތަންތަނުން ސެކިއުރިޓީގެ ގޮތުގައި ވަކި އަދަދެއް ބަހައްޓަން ޖެހޭ އިރު، އެ ތަންތަން ކުއްޔަށް ހޯދުމަށް އެދި އަންނަ މަހުގެ ދެވަނަ ދުވަހުގެ ކުރިން ބިޑު ހުށަހަޅަން ޖެހޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.