އިންޑިއާގެ ހުޅަނގުގައި ހުންނަ އަހުމަދުއާބާދަށް، އެއާ އިންޑިއާގެ ފްލައިޓެއް ވެއްޓުނު ހާދިސާގައި ސަލާމަތްވީ އިނގިރޭސިވިލާތުގެ ފަސިންޖަރެއް އެކަނި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ގުޖުރާތުގެ އަހުމަދުއާބާދުން އިނގިރޭސިވިލާތުގެ ލަންޑަނަށް ދަތުރު ފެށި، ބޯޓު ފުރިތާ މާގިނައިރުތަކެއް ނުވެ، އަހުމަދުއާބާދުގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވަނީ ވެއްޓިފައެވެ.

އެ ބޯޓުގައި 242 މީހުން ތިބިއިރު، މި ހާދިސާގައި ސަލާމަތް އިނގިރޭސިވިލާތަށް ނިސްބަތްވާ، ވިޝްވަޝް ކުމާރު ރާމޭޝްއެވެ. އޭނާ އަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

އޭނާއާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި، ފްލައިޓު ނައްޓާލިތާ 30 ސިކުންތުގެ ތެރޭގައި ވަރަށް ބާރު އަޑެއް އިވުނެވެ.

”ހުރިހައި ކަމެއްވެސް ހިނގައި ދިޔައީ ދާދި މަދު ވަގުތުކޮޅެއްގެ ތެރޭގައި.“ ސީއެންއެންގައި ރިޕޯޓުކޮށްފައިވެއެވެ.

އިންޑިއާގެ ހޯމް އެފެއާޒް މިނިސްޓަރު އަމިތު ޝާހު ވަނީ ސަލާމަތްވި މީހާއާ ހޮސްޕިޓަލުން ބައްދަލުކުރައްވައިފައެވެ.

އޭނާ ބުނެފައިވާ ގޮތުގައި، ބޯޓުން ނުކުމެވުނު ގޮތްވެސް އޭނާއަކަށް ނޭނގެއެވެ.

އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހު، ވެއްޓުނު ފްލައިޓުން ސަލާމަތްވި މީހާއާ ބައްދަލު ކުރައްވަނީ- ފޮޓޯ: ރޮއިޓަރސް

އެއާ އިންޑިއާއިން ބުނީ ވެއްޓުނު ފްލައިޓުގައި އިންޑިއާގެ 169 މީހުން ތިބިއިރު، އިނގިރޭސިވިލާތުގެ 53 މީހުން ތިބި ކަމަށެވެ. އަދި ޕޯޗުގަލްއަށް ނިސްބަތްވާ 7 މީހަކާއި ކެނެޑާއަށް ނިސްބަތްވާ މީހަކު ވެސް އެ ފްލައިޓުން ދަތުރު ކުރިއެވެ.

ފްލައިޓު ވެއްޓުނީ، އަހުމަދުއާބާދުގެ ޑޮކްޓަރުންގެ އެކޮމޮޑޭޝަނަކަށެވެ. އެ އިމާރާތުގައި ތިބި ބައެއް މީހުން ވެސް މި ހާދިސާގައި މަރުވެފައިވެއެވެ.