އަންނަ އަހަރު، އައު ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ރާއްޖޭގެ ހުރިހައި ސްކޫލެއް އޭސީ ކުރަން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއެވެ. ފެނަކަ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހުއެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އިއްޔެއެވެ.

އޭސީތައް ހޯދައި އިންސްޓޯލް ކުރުމަށް ފެނަކައާ ހަވާލުކުރީ 54 މިލިއަން ރުފިޔާ އަށެވެ.

ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސްތަކާއި ހޯލްތައް އޭސީ ކުރުމުގެ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ.