ހ.ފެންޓެނޯއީގެއިން، ހ.މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގައި ދައުވާކޮށްފައިވާ ރައުދު އަހުމަދު ޒިލާލް ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ކަމަށް ބުނެ ފަތުރާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުން ބުނީ އުމުރުން 21 އަހަރުގެ ރައުދު ރާއްޖެއިން ބޭރަށް ފުރި ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށާއި އޭނަ ފުރުން މަނާކުރުމުގެ އަމުރު އަދިވެސް ދެމިއޮތް ކަމަށެވެ.

ދައުރަށް ދައުވާކޮށްފައި ވަނީ އޭޕްރީލް މަހުގެ 18 ގައި ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން އެހީ ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށް ދީފައި ނުވާތީއެވެ.

އެ ދައުވާގެ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.