ނަޓުން ވަރަށް ގިނަ ފައިދާ ލިބެއެވެ. އޭގެތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ އޭގައި ހުންނަ ޕްރޮޓީންއާއި ފައިބަރގެ މިންވަރު ގިނަ ކަމެވެ.

ޕްރޮޓީންއަށް ބަލާއިރު، ބައެއް ނަޓްސްގައި އެ މާއްދާ ހިމެނޭ މިންވަރު، އެހެން ނަޓްސްއާ އަޅާބަލާއިރު އިތުރެވެ. އެގޮތުން  ބައެއް ނަޓުގައި ކުކުޅު ބިހާ އެއް މިންވަރަކަށް ޕްރޮޓީން އެކުލެވިގެންވެއެވެ. ބިހަކީ އެންމެ ގިނައިން ޕްރޮޓީން ހިމެނޭ ކެއުމުގެ ބާވަތެވެ.

ޕީނަޓްސް

ޕީނަޓްސްގައި ޕްރޮޓީން އާއި ފައިދާ ހުރި ގިނަ މާއްދާތަކެއް އެކުލެވިގެންވެއެވެ. ޕީނަޓްސްގެ އެންމެ އައުންސެއްގައި 7 ގްރާމް ޕްރޮޓީން، އަދި ދެ ގްރާމް ފައިބަރ ހިމެނެއެވެ.

 

އާމަންޑްސް

އާމަންޑްސްގެ އެންމެ އައުންސެއްގައި 6 ގްރާމް ޕްރޮޓީން ހިމެނެއެވެ. ފައިބަރާއި އެންޓިއޮކްސިޑެންޓުތައް ހިމެނޭ މި ނަޓަކީ ހިތުގެ ދުޅަހެޔޮކަމަށް ވަރަށް މުހިންމު އެއްޗެކެވެ.

23 އާމަންޑުގައި 3.5 ގްރާމް ޕްރޮޓީން ވެސް ހިމެނެއެވެ. މިއީ ހަށިގަނޑަށް ދުވާލެއްގެ މައްޗަށް ފައިބަރ ބޭނުންވާ މިންވަރަށްވުރެ 10 އިންސައްތަ އިތުރު މިންވަރެކެވެ.

 

ޕިސްޓާޝިއޯ

ޕިސްޓާޝިއޯ އައުންސެއްގައި (ތޮށި ނުލައި) 6 ގްރާމް ޕްރޮޓީން ހިމެނެއެވެ. މީގައި ލޭގެ ޕްރެޝަރ ރެގިއުލޭޓު ކުރާ ޕޮޓޭސިއަމްއާއި، ހަޑިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރާ ވިޓަމިން ބީސިކްސް އެކުލެވިގެންވެއެވެ.

ކުކުޅާއި މަހުން ޕްރޮޓީން ލިބޭ ފަދައިން، ޕިސްޓާޝިއޯ އިން ވެސް ޕްރޮޓީން ލިބެއެވެ.

މި ތިން ބާވަތުގެ ނަޓްސްގެ އިތުރުން، ކެޝޫ ނަޓާއި، ވޯލްނަޓާއި، ހެޒެލްނަޓަކީ ވެސް ޕްރޮޓީން ގިނަ މިންވަރަކަށް ހިމެނޭ ނަޓުތަކެކެވެ.