މަސްތުވާތަކެއްޗާ އެކު 60 އަހަރުގެ މީހަކު ހައްހަރުކޮށްފިއެވެ.

ހުޅުމާލެ އިން ހައްޔަރުކޮށްފައި ވަނީ ހ. މެޑޯސްވީޓް، މާލެ، އަހުމަދު އަފީފުއެވެ.

ފުލުހުން ބުނީ އޭނާ މި މަހުގެ 13 ވަނަ ދުވަހުގެރޭ ހުޅުމާލެ 10 ނަންބަރު ފްލެޓް އޭނާ ހައްޔަރުކުރީ އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން މަޑުކުރަން އެންގުމުން އަތުގައި އޮތް އެއްޗެއް ވައްޓާލިތަން ފުލުހުންނަށް ފެނުމުން ހުއްޓުވައި، އެވަގުތު ހުރި ތަން ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓް ފެނުމާ ގުޅިގެން ކަމަށެވެ.

މިމައްސަލައާ ގުޅިގެން އަފީފުގެ ބަންދާމެ ދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 10 ދުވަސް ޖަހާފައިވެއެވެ.

އަދި މި މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.