ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހުކޮށްދެއްވީ ޔޫއެންޑީޕީ މޯލްޑިވްސްގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް އެންރިކޯ ގަވެގްލިއާއެވެ.

އެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލާއި  ކުންފުނީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

 

 

 

އެޗްޑީސީ އިން ބުނީ މި ޕްލޭނަކީ ހާމަކަން ބޮޑު ގޮތެއްގައި ވެރިކަން ހިންގުމާއި، ގުޑް ގަވާނަންސް އަދި ޒަމާނީ އުމްރާނީ ތަރައްގީ ގެނައުމަށް މަގުދައްކައިދޭނެ ޕްލޭނެއް ކަމަށެވެ.

މި ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމުގައި ޔޫއެންޑީޕީގެ އެހީތެރިކަން ހޯދާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.