ބާރަ މީހުންނާއެކު ދަތުރުކުރި ލޯންޗެއްގެ ވިންޑް ސްކްރީން ތަޅައިގެން ގޮސް ގެއްލުންތަކެއްވެއްޖެއެވެ.

މި ހާދިސާއާ ގުޅޭގޮތުން މެރިން ފުލުހުން ބުނީ އެ ހާދިސާ ހިނގީ މިއަދުގެ 08:08 ހާއިރު އއ. އަތޮޅުން މާލެއަށް ދަތުރުކުރި ”ސެނޯރާ ވޭކް“ ނަމަކަށް ކިޔާ ލޯންޗެއްގައި ކަމަށެވެ.

ލޯންޗްގެ ވިންޑްސްރީން ތަޅައިގެން ދިޔައީ ކ. ގިރާވަރު ކައިރިންނެވެ.

މެރިން ފުލުހުން ބުނީ، އެ ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން ލޯންޗުން ދަތުރު ކުރި 12 މީހުން ރައްކާތެރި ކަމާއެކު މާލެ ގެންގޮސްފައިވާ ކަމަށެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ މޫސުމާ ބެހޭ މައުލޫމާތު ހޯދައިގެން ދަތުރު ކުރަން ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.