މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނުގެ ރަޝީދުގެ މައްސަލައިގައި ހަގީގަތް ހޯދަން ރިޔާސީ ކޮމިޝަނުން ކުރި މަސައްކަތުގެ ރިޕޯޓު އާންމުކުރަން އަންގަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެކަން ރައީސް ވަނީ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ހިއްސާކުރައްވައިފައެވެ.

ކޮމިޝަންގެ ރިޕޯޓު އަދި އީސަށް އެރުވުކަން އެ ކޮމިޝަނުން ހާމަކުރީ މިއަދެވެ.

ހ. ފެންޓެނޯއީ ގެއިން ގުދަނެއްގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި ވަނީ އެޕްރީލް 18 ގައެވެ.

އެ ހާދިސާގައި އޭނާ އަށް ލިބުނު އަނިޔާތަކަށް މެލެޝިއާގައި އަންނަނީ ފަރުވާ ދެމުންނެވެ.

ޔުމްނު ވެއްޓުނު މައްސަލަ ބަލަން ކޮމިޝަން އުފެއްދީ އޭޕްރިލް 27 ގައެވެ.

އެ ކޮމިޝަނުގެ ރައީސަކީ ކުރީގެ ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އޭނާއާ އެކު ރައުދު އަހުމަދު ޒިލާލު އަށް މިހާރު ވަނީ ކްރިމިނަލް ކޯޓްގައި ދައުވާކޮށްފައެވެ.