މާލެއިން ޒުވާން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ މާލެއިން 18 އަހަރުގެ އައިޝަތު ލަމްޔާ ކިޔާ ޒުވާނަކު ގެއްލިފައިވާ މައްސަލައެއް މިއަދު މެންދުރު 1:00 ހާއިރު ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެ ޒުވާނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އަންހެން މީހާ ހޯދަމުންދަނީ ރޭ ގެއިން ނުކުތް ގޮތަށް ހަބަރެއް ވެފައި ނުވާތީ އާއިލާއިން ރިޕޯޓްކޮށްފައިވާތީ ކަމަށެވެ.

އަންހެން ކުއްޖާގެ އާއިލާއިން ބުނި ގޮތުގައި އޭނާ ގެއިން ނުކުމެފައިވަނީ ރޭ 8:30 ހާއިރު ކަމަށާއި އެންމެ ފަހުން ފެނިފައިވަނީ މައްޗަންގޮޅި ސަހަރާ ކައިރިން ދިލްބަހާރު މަގުން ކަމަށެވެ.

އޭނާ އެންމެ ފަހުން ލައިގެން ހުރީ ހުދު ޓޮޕް ކޮޅަކާއި ކަޅު ޖީންސެއް އަދި އަޅައިގެން ހުރީ ކަޅު ޝޯލެއް ކަމަށެވެ.