އިޒްރޭލުގެ ދެކުނުގެ ބީރްޝެބާ ސިޓީގެ ހޮސްޕިޓަލަކަށް އިރާނުން ދިން ހަމަލާއެއް އަމާޒުވުމުން، އިޒްރޭލުގެ އޮފިޝަލުން އެކަން ކުށްވެރިކޮށް، އެއީ ”އަނިޔާވެރި“ އަމަލެއްގެ ގޮތުގައި ސިފަ ކުރުމުން، ސޯޝަލް މީޑިއާގައި އެތައް ބަޔަކަށް މިކަން ”ޖޯކަކަށް“ވެ އިޒްރޭލަށް ފާޑު ކިޔައިފިއެވެ.

އިޒްރޭލުގެ ހޮސްޕިޓަލަކަށް އިރާނުގެ މިސައިލް ހަމަލާއެއް އެރުމުން، އިރާނުން ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށް އިޒްރޭލުގެ އޮފިޝަލުން ވަނީ ބުނެފައެވެ.

އަދި އިންސާނިއްޔަތުކަމެއް ނެތި، އާއްމުންނަށް ހަމަލާދިން ކަމަށް ބުނެ، އެކަން ވެސް ކުށްވެރި ކުރިއެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އިޒްރޭލު ސިފަ ކުރަމުންދަނީ ވަރަށް ވެސް ”މުނާފިގު“ ބައެއްގެ ގޮތުގައެވެ.

އިޒްރޭލާ ދެކޮޅަށް ޝުއޫރު ފާޅުކުރާ މީހުން ބުނަމުންދާ ގޮތުގައި، ޣައްޒާގެ ސިއްހީ ނިޒާމު ފުނޑައިލުމަށް އިޒްރޭލުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާތާ ދެ އަހަރު ވާން ކައިރިވެފައިވާއިރު، ޣައްޒާގެ އެތައް ހޮސްޕިޓަލެއް ސުންނާފަތިކޮށްލުން އިޒްރޭލުގެ މީހުންނަށް މައްސަލައަކަށް ނުވިއެވެ.

ހޮސްޕިޓަލުތައް ބޮން އެޅުމާއި، އިމަޖެންސީ ވޯޑުތަކަށް ހަމަލާ ދިނުމާއި، ހޮސްޕިޓަލުތަކުން މެޑިކަލް ސްޓާފުންނާއި ބަލި މީހުން ވެސް ނުކުންނަން އިންޒާރު ދިނުމަކީ، އަނިޔާވެރިވުން ކަމަކަށް ނުވިއެވެ.

އިޒްރޭލަށް ފާޑުކިޔައި، މީހަކު ކުރި ޕޯސްޓެއް.

”ހޮސްޕިޓަލުތަކަށް ހަމަލާދިނުމަކީ ހަނގުރާމައިގެ ޖަރީމާއަކަށްވާނަމަ، ޔަހޫދީ އެކްސްޓްރީމިސްޓުންނަކީ އެ ޖަރީމާ ހިންގާ މީހުން. އިޒްރޭލުން އަޅަމުންދާ ބޮމާ ހެދި، ޣައްޒާގެ 36 ހޮސްޕިޓަލެއްގެ ތެރެއިން، ބޭނުން ކުރެވޭ ހާލަތުގައި ވަނީ އެންމެ 9 ހޮސްޕިޓަލު.“ މީހަކު ލިޔެފައިވެއެވެ.

”މިއީ ހަނގުރާމައިގެ ޖަރީމާއެއްނަމަ، އިޒްރޭލުގެ އަސްކަރިއްޔާ، އައިޑީއެފް އިން ވެސް ހިންގަމުންދަނީ ޖަރީމާ.“ އިޒްރޭލަށް ފާޑުކިޔައި، އިތުރު މީހަކު ކުރި ޕޯސްޓެއްގައި ލިޔެފައިވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ބުނީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން، ޣައްޒާގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް އިޒްރޭލުން 697 ހަމަލާ ދީފައިވާ ކަމަށެވެ.

އިރާނުން ދިން ހަމަލާއާ ގުޅިގެން، ހޮސްޕިޓަލު ސަރަހައްދަށް ގޮސް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވީޑިއޯ މެސެޖެއް ދިނެވެ.

އެ މެސެޖުގައި ބުނީ، އިޒްރޭލުން ހަމަލާ ދިނީ އިރާންގެ ނިއުކްލިއަރ ސައިޓުތަކަށް އެކަނި ކަމަށެވެ. އަދި އެމީހުން ހަމަލާ ދިނީ މީހުންނަށް ތެދުވެ ދުއްވައި ވެސް ނުގަނެވޭނެ ހޮސްޕިޓަލަށް ކަމަށެވެ.

ނަތަންޔާހޫއަށް ރައްދު ދިން މީހަކު ބުނީ، އެހެން އެ ބުނަނީ ޣައްޒާގެ 35 ހޮސްޕިޓަލަށް ހަމަލާ ދީ، އީރާނުގެ ވެސް ދެ ހޮސްޕިޓަލަށް ހަމަލާ ދިން ކުށްވެރިޔަކު ކަމަށެވެ.

އަދި ލުބްނާނުގެ 40 ހޮސްޕިޓަލަކަށް ވެސް އިޒްރޭލުން ހަމަލާ ދިންކަން އޭނާ ހަނދާން ކޮށްދިނެވެ.

 

ަ

ީ

ާ

ާ

ަ

 

ީ

 

 

ަ