މާލޭގެ ގެއަކުން މީހަކު ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ މައްޗަންގޮޅީގައި ހުންނަ ގެއެއްގެ ދެ ވަނަ ފަންގިފިލާއިން 42 އަހަރުގެ ދިވެހި އަންހެނަކު ވެއްޓިފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ފަތިހު 4:00 ހާއިރުއެވެ.

މި ހާދިސާގައި އަންހެން މީހާގެ ދެ ފައިގެ ކުޑަހުޅުން ނެއްޓި ”އޯޕަން ފްރެކްޗާ“ ވެ އަނިޔާވެފައިވާ ކަމަށް މައުލޫމަތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާއަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.

ފުލުހުން ވަނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ބުނެފައެވެ.