ރައީސުލްޖުމްހޫރިއްޔާގެ ނައިބު  ހުސައިން މުހައްމަދު ލަތީފު، ”މަތީ އަރުތަވެރިންގެ އިނާމް 2024″ގެ ހަތަރުވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައެވެ.

މި ރަސްމިއްޔާތުގައި، މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން މަތީ ވަނަތައް ހޯދި ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްދެއްވި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ އިސްމާޢީލް ޝަފީޢު، އަދި ދައުލަތުގެ އިސްވެރިނެވެ.

ހެނދުނު ދަންފަޅީގައި 360 ދަރިވަރުންނަށް ޓްރޮފީ ހާސިލުކޮށްފައިވެއެވެ.

މިއަދުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަޑައިގެންނެވުމުން، އެމަނިކުފާނަށް އޮނަރ ގާޑެއް ވަނީ އަރުވާފައެވެ.

އަދި، ދަރިވަރުން ވަނީ އެމަނިކުފާނަށް ހަދިޔާއެއްވެސް އަރުވާފައެވެ.

2023-2024 ވަނަ އަހަރުގެ ”މަތީ އަރުތަވެރިންގެ އިނާމު“ ދިނުމުގެ ރަސްމިއްޔާތު މިއަހަރު ކުރިޔަށް ގެންދަނީ ފަސް ދަންފަޅިއަކަށް ބަހާލައިގެންނެވެ.