ވިލިމާލޭގައި އެޅުމަށް ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ފެށުމަށްޓަކައި މިހާރު ވިލިމާލެ ހޮސްޕިޓަލް ހުރި ބިން ހުސްކުރުމަށް، އެތަން ވިލިމާލޭގައި ހުންނަ ”އަމާން ހިޔާ“ އަށް ބަދަލުކުރަން ނިންމައިފިއެވެ.

މިގޮތަށް ނިންމާ ހެލްތު މިނިސްޓްރީން އިއްޔެ ވަނީ ތަން ބަދަލުކުރުމުގެ މަސައްކަތް މާލެސިޓީ ގުރޫޕް އޮފް ހޮސްޕިޓަލް އާ ހަވާލުކޮށްފައެވެ.

ޗައިނާގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި އަޅާ 112 އެނދުގެ ޑިޒައިން މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ޗައިނާ ސަރުކާރާއެކު ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ސޮއި ކުރެއްވީ މި މަހުގެ 04 ވަނަ ދުވަހުއެވެ.

މި މަޝްރޫއު 2027 ވަނަ އަހަރުގެ ނިޔަލަށް ނިންމުމަކީ ސަރުކާރުގެ އަމާޒެވެ.