ފުރަތަމަ ޞަފްޙާ ޚަބަރު ރިޕޯޓް ދުނިޔެ ވިޔަފާރި ދީން ލައިފްސްޓައިލް
ޚަބަރު
ރިޕޯޓް
ދުނިޔެ
ވިޔަފާރި
ދީން
ލައިފްސްޓައިލް
Advertisement
”މަތީ އަރުތަވެރިންގެ އިނާމު 2024″ގެ ފަހު ދަންފަޅި ރައީސް ޝަރަފުވެރިކޮށްދެއްވައިފި
މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ފަހު ދަންފަޅީގެ ތެރެއިން: ފޮޓޯ/ ރައީީސް އޮފީސް.
އަސުރު އޮންލައިން
23 ޖޫން 2025
މަތީ ސާނަވީ، ސާނަވީ އިމްތިހާނުތަކުން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންގެ އަގު ވަޒަންކޮށް އިނާމު ދިނުމަށް މިއަދު ކުރިއަށްގެންދިޔަ ”މަތީ އަރުތަވެރިންގެ އިނާމު 2024“ ގެ ފަސްވަނަ ދަންފަޅި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ޒުވާނުންގެ މަރުކަޒުގައި ބޭއްވި މި ރަސްމިއްޔާތުގައި، މަތީ ސާނަވީ އިމްތިހާނުން އެންމެ ރަނގަޅު ދިހަ ނަތީޖާ ހޯދި ދަރިވަރުންނާއި، ސާނަވީ އިމްތިޙާނުތަކުން އެއްވަނަ ނަތީޖާ ހޯދި ދަރިވަރުންނާއި މި ދެ އިމްތިޙާނުން ދުނިޔޭގެ ފެންވަރުގެ އެވޯޑުތައް ހޯދި ދަރިވަރުންގެ އަގުވަޒަންކޮށް، އިނާމު ހަވާލުކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި ރައީީސް މުއިއްޒު ވަނީ، މަތީ ސާނަވީ އިމްތިހާނުން ދުނިޔެއިން އެއްވަނަ ހޯދައިގެން ”އައުޓްސްޑޭންޑިންގ ޕިއަރސަން ލަރނަރ އެވޯޑް،“ ހާސިލުކުރި 2 ދަރިވަރުންނަށް، އެވޯޑް ހަވާލުކޮށްދެއްވައި، ސާނަވީ އިމްތިޙާނުން ވަކި ވަކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހޯދި 57 ދަރިވަރުންނަށާއި، ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ 10 ގެ 1 ވަނަ ނަތީޖާ ހޯދި 21 ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވައި، މަތީ ސާނަވީ އިމްތިހާނުން ގައުމީ ގަދަ 10 ގެ 1 ވަނަ ނަތީޖާ ހޯދައިގެން ރައީސް ދެއްވާ ހާއްސަ ސްކޮލަރޝިޕް ލިބޭ 11 ދަރިވަރުންނަށް، އިނާމާއި ސްކޮލަރޝިޕް ލިޔުން ހަވާލުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރައީސް ޒުވާނުންގެ މަރުކަޒަށް ވަޑައިގެންނެވުމުން ތާޖުއްދީން ސްކޫލްގެ ދަރިވަރުން ވަނީ، އެމަނިކުފާނަށް ޝަރަފުގެ ސަލާމަކުން އިސްތިގުބާލުކޮށް، ހަނދާނީ ހަދިޔާއެއް އަރުވާފައެވެ.

ހުރިހައި އުމުރުފުރާއެއްގައިވެސް ދިވެހި ދަރިވަރުންނަށް ލިބޭ ތަޢުލީމުގެ ފެންވަރު މަތިކުރެއްވުމަށާއި، ތައުލީމީ ބިނާރު ހަރުދަނާކުރެއްވުމަށާއި، ޒުވާނުންނަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް މި ސަރުކާރުން ގެންދަވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

Comment
Click here to cancel reply.
Ads by HDC
ފަހުގެ ލިޔުންތައް
11 ރަށެއްގެ މަގު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި
31 އޮކްޓޯބަރ 2026
ތިލަމާލެ ބްރިޖް މަޝްރޫއު: ވިލިމާލެއާއި ގުޅިފަޅު ގުޅާލައިފި
31 އޮކްޓޯބަރ 2026
ތިނަދޫ ރޭޕް ކޭސް: ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
31 އޮކްޓޯބަރ 2026
ރަސްމާލެ މަޝްރޫއު މިހާރު ރާވާފައިވާ ގޮތަށް ކުރިއަށް ނުގެންދިޔުމަށް ރައީސް ސޯލިހު ގޮވާލައްވައިފި
30 އޮކްޓޯބަރ 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ގައުމީ މަޝްރޫއުއެއް ފަށަނީ
30 އޮކްޓޯބަރ 2026
Copyright 2025 - Asuru Online | All Rights Reserved
Code of Conduct

Editorial Policy