ދީނީ ސައްހަ މައުލޫމާތު ފެތުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ރިސާލަތު ޕްރޮގުރާމް އަދި ނަމާދަށް ހޭލުންތެރިކަން އިތުރުކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދާ ނަމަދު ޕްރޮގުރާމް ތ. ބުރުނީގައި ކުރިއަށް ގެންގޮސްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ބުރުނީގައި ސްކޫލް ދަރިވަރުންނަށާއި، ބެލެނިވެރިންނަށް ވަނީ ރިސާލަތު ޕްރޮގުރާމް ކުރިއަށް ގެންގޮސްފައި ކަމށެވެ.
މި ޕްރޮގުރާމުގެ ދަންފަޅިތައް ނަންގަވައިދެއްވީ އައްޝައިޚް އަޙްމަދު ޝުއައިބުއެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރިސާލަތުގެ ދަށުން ތަފާތު އެކި ޕްރޮގުރާމުތައް ކުރިއަށް ގެންދަމުންނެވެ.
އަދި މިއަހަރު މުޅިން އަލަށްފެށި ނަމާދު ޕްރޮގުރާމުވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.

