މިއީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ކޭކެކެވެ.
ބޭނުންވާނެ ތަކެތި:
3 ކުކުޅު ބިސް
300 ގްރާމް ހަކުރު
3 ސަމުސާ ބަޓަރު
ބައި ދަޅު ގެރިކިރު
200 އެމްއެލް ކާށި ކިރު
350 ގްރާާމް ފުށް
500 އެމްއެލްގެ ކިރު
ތައްޔާރުކުރާނެ ގޮތް:
ބޯތައްޓަކަށް ބިސް އަޅައި، ހަކުރާއި ބަޓަރު އަޅާށެވެ. އަދި އެއަށް ގެރިކިރު ދަޅުގެ އެއްބައި އަޅައި، ކާށިކިރު އަޅާށެވެ. އެއަށްފަހުގައި ފުށް އަޅައި ގިރާލާށެވެ.
މި ހުރިހާ އެއްޗެއް ވަރަށް ރަނގަޅަށް އެއްކޮށްލުމަށްފަހު އޭގެތެރެއަށް ކިރު އަޅާށެވެ. އަދި ޓްރޭއަކަށް އަޅައި ފިހެލާށެވެ.

