އައިޖީއެމްއެޗުން ދެމުން އަންނަ ބައެއް ހިދުމަތްތައް ވަގުތީގޮތުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.
އެ ހޮސްޕިޓަލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެ ބަދަލުތައް ގެނައުމަށް ނިންމާފައިވަނީ މިއަދުން ފެށިގެން ކަމަށެވެ.
އެގޮތުން އައިޖީއެމްއެޗުގެ ހިޔަލަވިންގުގެ ފަންގިފިލާތަކުގައި ކުރަން ޖެހޭ ބައެއް މަސައްކަތްތައް ކުރުމަށްޓަކައި، ހިދުމަތްތަކަށް ވަގުތީ ގޮތުން ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވެއެވެ.
އައިޖީއެމްއެޗުން ބުނީ، އެ މަސައްކަތް ނިމެންދެން ހިޔަލަ ވިންގުގެ 3، 4، 5، 6 އަދި 9 ވަނަ ފަންގިފިލައިން ދެމުން ގެންދިޔަ ހިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލުގެ ފަންގިފިލާތަކަށް ވަގުތީ ގޮތުން ބަދަލުކޮށްފައިވާ ކަމުގައެވެ.

