މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮމިޝަނަރ ޖެނެރަލް ފާތިމަތު ދިޔާނާ، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގައި އިއްޔެ ކުރިއަށް ދިޔަ މި ބައްދަވުމުގައި، ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މެދުގައި އެއްބާރުލުން އިތުރުކޮށް، މަސައްކަތުގެ މުހިންމު ދާއިރާތަކުގައި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް ފާޠިމަތު ދިޔާނާގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނަރ އަބްދުﷲ ވަހީދު، ޑެޕިއުޓީ ކޮމިޝަނަރ މަޙްމޫދު ރިޔާޒް އަދި ޑެޕިއުޓީ ކޮމިޝަނަރ އިބްރާހިމް މަފާޒް ބައިވެރިވެވަޑައިގެންނެވިއެވެ.

