ނޭޕާލް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވާފައިވާ ސަފީރު ޑރ.ޕޫރްނާ ބަހާދުރު ނޭޕާލީ އާއި ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ދިޔައީ، އިއްޔެ ހެލްތު މިނިސްޓީގައެވެ.

މި ބައްދަލުވުމުގައި ރާއްޖެ އާއި ނޭޕާލްއާ ދެމެދު އޮތް ދުވަސްވީ ރަހްމަތްތެރި ގުޅުމަށް އަލިއަޅުވާލައްވައި، ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

އެގޮތުން ފަންނީ ދާއިރާތަކުން މީހުން ތަމްރީން ކުރުމާ ގުޅޭގޮތުން މަޝްވަރާކޮަށްފައިވެއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ނާޒިމް ވަނީ ނޭޕާލް ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ.