ރ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ރ. އަތޮޅުގެ ރައްޔިތުން، މި ހިދުމަތަށް އަހުލުވެރިވުމަށް ފުރުސަތު ދިނުމުގެ ގޮތުން މާދަމާ އިން ފެށިގެން ޖުލައި ދެވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މި ދަތުރުތަކަށްފަހު، ޖުލައި މަހުގެ ތިންވަނަ ދުވަހުން ފެށިގެން ފެރީ ދަތުރުތައް ކުރިއަށް ގެންދާނީ ޓިކެޓް ނަގައިގެން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ޓިކެޓް ގަނެވޭނެއެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ގުޅިގެންނެވެ.

ރ. އަތޮޅުގައި މި ހިދުމަތް ފެށުމާއެކު ރާއްޖޭގެ 10 އަތޮޅެއްގައި އާރްޓީއެލް ފެރީގެ ހިދުމަތް ކުރިއަށްދާނެއެވެ.