ރ. ރަސްމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމާލައިފިއެވެ.

މިއީ 13.2 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

މި މަޝްރޫއު ކުރިއަށް ގެންދިޔަ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނީ މި މަސައްކަތް ނިންމާލެވިފައިވަނީ ބުދަ ދުވަހު ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 381 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ރައީސް އޮފީހުން ބުނީ، ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ 12 މަޝްރޫއެއް މި ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެމްޓީސީސީން އެކަނި ހަތް ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގާފައިވާ ކަމަށެވެ.