ހުޅުމާލޭގެ ވިނަރެސް ޓަވަރުގެ މަތިން މިއަދު ވެއްޓުނު ޒުވާނާ މަރުވެއްޖެއެވެ.

ފުލުހުން ބުނީ 18 އަހަރުގެ ދިވެހި ފިރިހެނަކު ވެއްޓިފައިވަނީ ވިނަރެސްގެ 8 ވަނަ ޓަވަރުން ކަމަށެވެ.

އެ ޒުވާނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ކަމަށް ފުލުހުން ބުނެއެވެ. އޭނާ ވެއްޓުނީ ކިތައްވަނަ ފަންގިފިލާއަކުން ކަމެއް ސާފެއް ނޫނެވެ.

މި ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.