ދެކުނުގެ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

މިއަމަލު ހިންގީ ސައުތު ޕޮލިސް އިން ބަލަހައްޓަމުންދާ ގއ. އަތޮޅާއި ގދ. އަތޮޅު، ފުވައްމުލަކު އަދި އައްޑޫ ސިޓީ ހިމެނޭ ސަރަަހައްދުގެ ރަށެއްގައެވެ.

ފުލުހުން ބުނީ އިތުބާރު ހުރި މަގާމެއްގައި ހުރި މީހަކު 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް އެ އިދާރާ އިން ބަލަމުންދާ ކަމަށެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ މި މަހުގެ 16 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި އަމަލު ހިންގި ރަށުގެ ޕޮލިހާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާ ގުޅިގެން މައްސަލަ ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.