ފަގީރުންނާ މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރިވުމަށް ޒަކާތު ހައުސް އިން ހުޅުވާލައިފިއެވެ.

އެ ދަފްތަރުގައި ރަޖިސްޓްރީ ވާން ބޭނުންވާ މީހުން، ފޯމު ހުށައަޅާ ފަރާތުގެ މައުލޫމާތާއި، ދަރީންގެ މައުލޫމާތާއި އާމްދަނީ އާއި ހަރަދުތަކާ ގުޅޭ މައުލޫމާތު ފޯމާއެކު ހުށަހަޅަން ޖެހޭނެއެވެ.

ޒަކާތު ހައުސްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބާލާއިރު، ރާއްޖޭގައި ފަގީރުންނާ މިސްކީނުގެ ގޮތުގައި 2،852 މީހުން ދަފުތަރުކޮށްފައިވެއެވެ.