ހައުސިން ޑިވެލޮޕްމެންޓް ކޯޕޮރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު އަސްބާހު އަލީ ނަސީރު އައްޔަނު ކޮށްފިއެވެ.

އޭނާ ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވާފައެވެ.

އޭނާ އެމަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެޗްޑީސީގެ ޑެޕިއުޓީ އެމްޑީގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުރި ފަޔާޒު މަންސޫރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އަސްބާހު ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރުމާ ގުޅިގެން އެޗްޑީސީން ވަނީ އޭނާއަށް މަރުހަބާ ކިޔުމަށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފައެވެ.