ހުޅަނގު މޫސުމުގެ ބާރުގަދަވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެދިއްޖެއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖީން ބުނީ، ބުދަ ދުވަހާ ހަމައަށް މުޅި ރާއްޖެ އަށް ވެސް މޫސުން ގޯސްވާނެކަމަށެވެ.
އެގޮތުން، މުޅި ރާއްޖެއަށް ވިއްސާރަވެ، އާންމު ގޮތެއްގައި ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށް މެޓުން ބުނެއެވެ.
އެހެންވެ، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ރޭގަނޑު ދަތުރު ނުކުރުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކުރުމަށާއި ޔެލޯ ނުވަތަ އޮރެންޖު އެލާޓު ނެރެފައިވަނިކޮށް ދަތުރުނުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މެޓުން ބުނެފައިވަނީ، ބުރާސްފަތި ދުވަހުން ފެށިގެން ކަނޑު މަޑުވާން ފަށާނެ ކަމަށެވެ.

